ބީއެމްއެލްގެ ރިކަވަރީ ލޯނު ސްކީމަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދެނީ

ކޮވިޑް19ގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ރިކަވަރީ ލޯނު ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދީފިއެވެ.ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ތަޢާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް 6 މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.މިނިސްޓްރީން ބުނީ ގްރޭސް ޕީރިއަޑް އިތުރު ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓު ކުރުމަށް މިނިސްޓްރީ އިން އަދި ބޭންކުން ގެންގުޅުނު މިންގަނޑުތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.އެންމެ ފުރަތަމަ ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދޫކުރީ ހަ މަހުގެ ގްރޭސް ޕީރިއަޑާ އެކު އެވެ. އަލަށް ގެނައި ބަދަލާ އެކު އިތުރު ހަ ހަމައަށް ލޯނު ނުދައްކާ މަޑުކުރެވޭނެ އެވެ.ގްރޭސް ޕީރިއަށް އިތުރު ކުރުމަށް އެދޭ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީއެމްއެލް މެދުވެރިކޮށް އެންގުމަށް ފިނޭންސްގެ އިއުލާނުގައި ވެއެވެ. އަދި ލޯނު ސްކީުގެ ދަށުން ލިބެ ހަ މަހުގެ މުއްދަތު ހަމަވެ، ނުވަތަ މުއްދަތު ހަމަވުމަށް 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، 2021 އޭޕްރީލް އެކެއްގެ ކުރިން އެކަން ބެންކަށް އެންގުމަށްވެސް އިއުލާނުގައި ވެއެވެ.ގްރޭސްޕީރިއަށްް އިތުރު ކުރުމަށް އެދި recoveryscheme@bml.com.mv އަށް އީމެއިލް ކުރުމަށް ފިނޭންސް ގެ އިއުލާނުގައި ވެއެވެ.ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 419 ކުންފުންޏަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ