އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވެގެން އަހަރަކު 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވޭ: ޖެންޑަރ

އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަތައް އަހަރެއްގެ މައްޗަށް 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަތައް އަހަރެއްގެ މައްޗަށް 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ. އެގޮތުން ގެވެށި އަނިޔާއާއި އަޅާނުލުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިކަންކަމުން މުޖުތަމަޢު ދުރުހެލިކުރުމަށް ހޭލުންތެރިކަން އިތުރުކޮށް ހެޔޮލަފާ މަޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރަންޖެހިފައިވާކަމަށް ވިދާލުވެ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންގެންދާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ޙާލަތުވެސް ހުރީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށާއި، އެތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ. އެގޮތުން އެކަމާ ގުޅޭ އުސޫލުތައް އިސްލާހުކޮށް ޢިމާރާތްތައް މަރާމާތުކުރުމާއި މުވައްޒަފުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކި ސަބަބުތަކާހެދި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ އުމުރުން ދުވަސްވީމީހުން ބޭތިއްބުމަށް މިހާރު ޤާއިމުކޮށްފައިވާ މަރުކަޒުގައި އެފަރާތްތަކަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ލިބެމުން ނުދާކަމަށެވެ. އަދި ވިދާޅުވީ މިހާރު ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުން ގެނަދަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމަށާ، އެއީ އެކި ކަހަލަ ސިކުނޑީގެ އުނިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ މަރުކަޒެއްކަމުން އެތަނުގައި ބަލަހައްޓަމުންގެންދާ ޢުމުރުން ދުވަސްވީމީހުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި އަމާން ވެއްޓެއް ހޯދައިދިނުމަކީ ސަރުކާރުން އިސްކަމެއް ދީގެންކުރިއަށްގެންދާ ކަމެއްކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުނަށް ޚާއްސަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ