"ގޮށްރާޅު"ގެ ދެވަނަ ޓްރެއިލާ ނެރެފި

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިޔަށް އޮތް ފިލްމު "ގޮށްރާޅު" ގެ ދެވަނަ ޓްރެއިލާއެއް މިއަދު ދައްކާލައިފިއެވެ. އެއް މިނެޓާއި ވިހި ސިކުންތު ދިގު މި ޓްރެއިލާގައި ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ ކަންތައްތަކެއް ދެވަނަ ޓްރެއިލާއިން ވަނީ ފެނިގެން ގޮސްފައެވެ. ކުޅަދާނަ ޑައިރެކްޓަރު އަހުމަދު ސިނާނު ޑައިރެކްޓް ކުރާ އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ޕްރިޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. "ގޮށްރާޅު" އަޅުވާނީ ހަވީރު 16:00، ރޭގަނޑު 21:00 އަދި ރޭގަނޑު 23:00 ގައެވެ. ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،" މި ފިލްމަކީ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ