އިނގިރޭސި ސަފީރުގެ ޝުކުރު ކޯސްޓު ގާޑަށާއި ފުލުހުންނަށް

މިދިޔަ އަހަރު އެކަނިވެސް އިނގިރޭސިވިލާތުގެ އެއް ލައްކައަށްވުރެ ގިނަ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރިކަމަށާއި، ފަތުރުވެރިންނަށް ދިމާވާ ކަންކަމުގައި ފޯރުކޮށްދޭ އެހީތެރިކަމަށް، އެމްއެންޑީއެފް ކޯސްޓު ގާޑަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޝުކުރު އަދާކުރައްވާކަމަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ސަފީރު ޑޯރިސް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ސަފީރުގެ ޓްވީޓުގައި ވިދާޅުވީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސް އުޅޭ ފަތުރުވެރިންނަށް ދިމާވާ ކަންކަމުގައި ކޯސްޓު ގާޑާއި ފުލުހުންގެ ފަރާތުން ކެނޑިނޭޅި ލިބޭ އެހީތެރިކަމަށާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމުގައެވެ. ސަފީރު މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދާ މިއަދު ބައްދަލު ކުރައްވާއެވެ.
ސަފީރު މިހެން ވިދާޅުވިއިރު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލަމުން ދިޔަ ބައެއް ފަތުރުވެރިންނަށް ވަނީ ހިތާމަވެރި ޙާދިސާތައް ކުރިމަތިވެފައެވެ. އެގޮތުން ގެނބުމުގެ އެތައް ހާދިސާތަކެއްވެސް ކުރިމަތިވެފައިވާއިރު، ރިސޯޓުތަކުގައި މަރުވެފައި ތިބި ބައެއް ފަތުރުވެރިންވެސް، ފަހަކަށް އައިސް ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ