ފެނަކަ ހުޅުމީދޫ ބްރާންޗު ޑިރެކްޓަރު ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ ސިޓީ ހުޅުމީދޫ ބްރާންޗުގެ ޑިރެކްޓަރ ހުސެން މުފީދު މަގާމުން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވާކަން ހުސެން މުފީދަށް އަންގާ، ޗިޓު ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ "ވަގުތު" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަޒީފާ އިން އިއްޔެ ވަކިކުރިކަން އަންގާފައިވި ނަމަވެސް މިދިޔަ މަހު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.
ޖެނުއަރީ 13 ވަނަ ދުވަހު 15 ދުވަހަށް ސަސްޕެންޑު ކުރުމަށް ފަހު 15 ދުވަސް ހަމަ ވުމުން އިތުރު ފަނަރަ ދުވަހަށް ސަސްޕެންޑު ކުރުމަށް ފަހު ވަޒީފާއިން ދުރުކުރި ކަމުގެ ލިޔުން އެންގީ އިއްޔެ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއް އެ އެންގުމުގައި ބަޔާންކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.
މުފީދު ވަނީ އޭނާ މަގާމުން ވަކިކުރި ސަބަބަކީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ކުރުން ކަމަށް ތުހުމަތުކޮށްފައެވެ. އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އައި ސަރުކާރުން އޭނާއަށް ދިން ބޮޑު އަނިޔާއެއް ކަމަށް މިއަމަލު އޭނާ ސިފަކުރިއެވެ.
އަދި މިމައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށައަޅާނެ ކަމަށް ވެސް ހުސެން މުފީދު ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ