އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ: ހަސަން ލަތީފް

މިހާރު ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅަކުގެ އަމަލުތައް ހުންނެވި ގޮތް ސަރުކާރުން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ."ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ، މި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.ޔާމީންގެ ތަހުގީގެއް މިހާރު ހިންގަންޖެހޭ ކަމަށާއި "އިންޑިއާ އައުޓް" ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ހޯދަންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އެގޮތުން މިކަމުގައި ފޮރުވިފައި ހުރި ކަންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށާއި މަޖިލިސް ހުޅުވުމާއެކު އެ މަސައްކަތް މަޖިލީހުން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.މީގެއިތުރުން ހަސަން ވަނީ "އިންޑިއާ އައުޓް" ވިސްނުމުގެ އެންމެ ބޭފުޅަކު ވެސް މަޖިލީހަށް އިތުރުވެއްޖެނަމަ އެއީ ސަރުކާރާއި މަޖިލީހާއި، އެމްޑީޕީ އަދި ރައްޔިތުންނަށް ވެސް ބޮޑު އުނދަގުލަކަށް ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ."މިކަމުގައި ފޮރުވިފައިވާ ކަންކަން ބަލަންޖެހޭ. ރައީސް ޔާމީން އިއްޔެ ރައީސްކަން ކުރެއްވި ބޭފުޅަކު މިއަދު ނިކުމެވަޑައިގެން އަވަށްޓެރި އިންޑިއާ އައުޓޭ ކިޔައިގެން އެ ކުރައްވާ ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ