ފަރުކޮޅުފުށީ އިމާރާތެއްގައި ރޯވެ އަނދައިފި

ހުޅުމާލެ 2 އާ ގުޅިފައި އޮންނަ، މީގެ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.އެމްއެންޑީއެފްއިން ބުނީ 13:40 ގައި އެއްކޮށް ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.ރޯވި ތަނުގައި ވަރަށް ބޮޑަށް އަލިފާން ފެތުރިފައި އޮތެވެ. ނަމަވެސް ނިއްވުމުގެ މަސައްކަތް ފެށުމާ އެކު ވަރަށް އަވަހަށް އަލިފާންގަނޑު ކޮންޓްރޯލްވި އެވެ.މިއީ ކިިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ