ސޯޝަލް ވޯކަރުންނަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި

އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ސޯޝަލް ވޯކަރުންނަށް ސްކިލްސް
އެންހޭންސްމެންޓް ޕްރޮގްރާމެއް ފަށައިފިއެވެ.
އިޖްތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ ރައީސް ޑރ.
މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއް ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދެވަނަ
ބެޗުގެ ސެޝަންތައް މިއަދު ފަށާފައިވާ ކަމަށެވެ. މިއީ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށާއި
ރައްޔިތުންނާ ގާތުން އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން
ފަށާފައިވާ ޕްރޮގްރާމެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެ
ވުޒާރާގައި މަސައްކަތް ކުރާ ސޯޝަލް ވޯކަރުންނަށް ބޭނުންވާ ފަންނީ އިލްމާއި
ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އެއްމިންގަނޑަކުން
އަމަލު ކުރެވޭކަން ކަށަވަރުކުރުމާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ހިމެނޭ ކަމަށްވެސް
އެ ވުޒާރާއިން ބުނެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ހިދުމަތްތަކުގެ ތެރޭގައި،
ހުށަހެޅޭ މައްސަލަތަކުގައި ކުރެވޭ ވޭދަނައިގެ މަސައްކަތުގައި މިވަގުތު ކޭސް
ވޯކަރުންނަށް ކުރިމަތިވެފައިވާ ފަންނީ ގޮންޖެހުންތައް ދެނެގަތުމާއި ތަމްރީން
ފޯރުކޮށްދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ