އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށްޖެހިލައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އާސެނަލް އެވެ .
މުޅި މެޗުގައިވެސް މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
Advertisement
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތޯމަސް ޕާޓޭ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އީތަން ވަނަރީ އެވެ.
މީއީ އުމުރުން 17 އަހަރުގެ އީތަން އާސެނަލްއަށް ކުޅުނު ހަ މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އާސެނަލްއަށް މޮޅެއް ނުލިބި ދިއުމަށްފަހު، މިމޮޅާއެކު އާސެނަލް އިން ވަނީ ލީގުގައި ކުޅުނު 12 މެޗުން ހޯދި 22 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ.
މީގެ އިތުރުން މިމެޗުން ބަލިވި ފޮރެސްޓް ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލާގު ތާވަލުގެ ހަތްވަނައިގައެވެ.
އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ފޮރެސްޓް ބަލިކޮށް އާސެނަލް ހަތަރުވަނައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ