މުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއްވެއްޖެ

މ. މުލަކު ގެއެއްގައި އިއްޔެ ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 04:50 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެ ގެއްލުންވެފައި ވަނީ މ. މުލަކު ތިކިރިމާގޭގެ ބަދިގޭގައި ކަމަށެވެ.
މި ބަދިގޭގައި އަލިފާން ރޯވެފައިވަނީ އެ ބަދިގޭ ދުމަށީގައި މަސް ދިލަ ޖައްސަން އަލިފާން ލާފައި ވަނިކޮށް ކަމަށާއި މި ހާދިސާގައި އެ ބަދިގެ ފިޔަވާ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ ތިކިރިމާގޭ ބަދިގޭގައި ރޯވި އަލިފާންގަނޑު މާގިނަ އިރުތަކެއް ނުވަނީސް މ. މުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއި ޢާއްމު ރައްޔިތުން ގުޅިގެން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ