ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 157.5 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފްސީލް - އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން:
މިއީ 2024 ވަނަ އަހަރު ބިދޭސީން ބޭރަށް ފޮނުވި ފައިސާއަށް ވުރެ %89 ޕަސެންޓު އިތުރުވުމެއް
އެއީ 74.2 މިލިއަން ޑޮލަރުން އިތުރުވުން
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު އިތުރުވެފައި ވަނީ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ބިދޭސީން ބޭރަށް ފައިސާ ފޮނުވުން މިދިޔަ އަހަރު އިތުރުވެފައިވާތީ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވި މިންވަރު އާންމު ގޮތެއްގައި ވަނީ އިތުރުވެފަ އެވެ. އެގޮތުން، 139،000އަށް ވުރެ ގިނަ މުއާމަލާތުން 167.6 މިލިއަން ޑޮލަރު ވަނީ ބޭރަށް ފޮނުވާފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު މުއާމަލާތްތަކުގެ އަދަދަށް ބަލާ ނަމަ:
%13 އަދި ފޮނުވި ފައިސާގެ އަދަދަށް ބަލާނަމަ %8 ކުރިއެރުމެއް
ރާއްޖެއިން ބޭރަށް ފޮނުވި ޖުމްލަ ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބިދޭސީން ކަމަށްވާއިރު، ދިވެހިންގެ ހިއްސާއަކީ އެންމެ %6 އެވެ. ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިން ބޭރަށް ފޮނުވި ފައިސާގެ މުއާމަލާތްތަކުގެ އަދަދު ވެސް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު %11 އިތުރުވެފަ އެވެ.
ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ %89 އިތުރުވެ، 157.5 މިލިއަން ޑޮލަރަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ