އެޗްޑީސީ އަތުން މޮޅުވެ ޒައިކް ވީސީ އެއްވަނައަށް

ރާއްޖޭގެ ކުލަބު އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭކޯޓުގައި ކުޅުނު މި މެޗުގައި ޒައިކް ވީސީން ސެޓުތައް ގެންގޮސްފައިވަނީ 25-11 ، 25-19 އަދި 25-13 އިންނެވެ. މިއީ މި މުބާރާތުގައި ޒައިކްގެ ތިންވަނަ މޮޅެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ލަންކާ ޕޯޓްސް 3-1ގެ ސެޓުން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ސިފައިން އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެޗްޑީސީ އާއި ޒައިކް ވީސީ ކުޅުނު މެޗުގެ ތެރެއިން -- އަނެއްކޮޅުން މިއީ އެޗްޑީސީއަށް އުނދަގޫ ނަތީޖާއެކެވެ. އެ ޓީމަށް ފައިނަލުގެ ފުރުސަތު ވަނީ އެއްކޮށް ބަންދުވެފައެވެ. އެއީ ތިން މެޗުން އެއްވެސް ޕޮއިންޓެއް ނުލިބުމުންނެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން ތިން ސެޓުން ބަލިވިއިރު، ދެވަނަ މެޗުގައި ހެލްޕް ނޭޕާލް އަތުން ބަލިވީ 3-1 ސެޓުންނެވެ. އެޗްޑީސީ އާއި ޒައިކް ވީސީ ކުޅުނު މެޗުގެ ތެރެއިން -- މިވަގުތު ޕޮއިންޓް ޓޭބަލަށް ބަލާއިރު ޒައިކް އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބިޝްކެކަށް ލިބުނީ އަށް ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ހެލްޕް ނޭޕާލަށް ލިބުނީ ހަ ޕޮއިންޓެވެ. ސިފައިންނަށް އެއް ޕޮއިންޓް ލިބޭއިރު ލަންކާ ޕޯޓްސްއާ އެޗްޑީސީ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. މުބާރާތުގައި މިރޭ 20:45ގައި ލަންކާ ޕޯޓްސްއާ ސިފައިން ބައްދަލުކުރާ މެޗަކީ ދެ ޓީމަށް ވެސް ލީގުގައި ކުރިއަށްދާން މުހިއްމު މެޗެކެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ