ބަތަލާ ވާނީގެ ފުރަތަމަ ވެބް ސީރިސްގެ ޓްރެއިލާ ދައްކާލައިފި
ފިލްމީ ތަރި ވާނީ ކަޕޫރުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "މަންޑާލާ މާޑާސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ. ފިލްމު "ޝުދު ދޭސީ ރޮމޭންސް"އިން 2013 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާގެ މި ވެބް ސީރީސްއަކީ ޔަޝްރާޖް ފިލްމްސްގެ އުފެއްދުމެކެވެ. ކްރައިމް ތުރިލާއެއް ކަމަށްވާ "މަންޑާލާ މާޑާސް"ގެ ޑައިރެކްޓަރަކީ ވައިއާރްއެފްގެ ކާމިޔާބު ފްރެންޗައިސް ފިލްމު "މަރުދާނީ"ގެ ދެވަނަ ބައި އުފެއްދި ޑައިރެކްޓަރު ގޯޕީ ޕުތުރާން އަދި މަނާން ރާވަތުއެވެ. މިފަހަކަށް އައިސް ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ވާނީ "މަންޑާލާ މާޑާސް" ސީރީސްގައި ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. ވާނީއާ އެކު މި ސީރީސްގެ ކާސްޓުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ސުރުވީން ޗާވްލާ، ޖަމީލް ޚާން އަދި ވައިބާވް ރާޖް ގުޕްތާ ހިމެނެއެވެ. ވެބް ސީރީސް "މަންޑާލާ މާޑަސް"ގެ މުހިއްމު ތަރިން ކަމަށްވާ ސުރުވީން ޗާވްލާ، ވާނީ ކަޕޫރު އަދި ވައިބަވް ރާޖް--ފޮޓޯ/މިޑްޑޭ މި ވެބް ސީރީސްގައި ގެނެސްދޭ ހާދިސާތައް ބިނާކޮށްފައި ވަނީ އިންޑިއާގެ ޗަރަންދަސްޕޫރު ނަމަކަށްކިޔާ ޓައުންއެއްގައި ހިނގާ ގަތުލު އާންމެއްގެ މައްޗަށެވެ. ވާނީގެ ޓީމުން ހަރަކާތްތެރިވާނީ މި ގަތުލުއާންމުގެ ހަގީގަތް ހޯދުމަށެވެ. މި ވެބް ސީރީސް ނެޓްފްލިކްސްއާ ގުޅިގެން އުފައްދަން ލިބުނު ފުރުސަތަކީ މިފަދަ ހާދިސާތަކަށް އެއްވެސް ކަހަލަ އުނިއިތުރެއް ނުގެނެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވައިއާރްއެފްގެ ޓީމުން ވަނީ ބުނެފައެވެ. މި ސީރީސްގެ ކޮންމެ އެޕިސޯޑެއް ނިމުމާއެކު ދެން ފެށޭ އެޕިސޯޑަކަށް ބެލުންތެރިން އިންތިޒާރުކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. މި ސީރީސް ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ މި މަހުގެ 25 ވަނަ ދުވަހެވެ. ފިލްމު "ޝަމްޝޭރާ"، "ބެލް ބޮޓަމް" އަދި "ވޯ"ގެ ބަތަލާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ މެއި މަހު ރިލީޒްކުރި ފިލްމު "ރެއިޑް 2"އެވެ. ވާނީގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭ "ބައްތަމީޒް ގިލް" އަދި "ސަރްވަގުން ސަމްޕައްނާ'ގެ ނަމުގައި އުފައްދާ ދެ ފިލްމު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ