ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަނީ

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ޓްރެފިކް ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ނުބައި ތަންތަނުގަޔާއި، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމަށެވެ.
އެގޮތުން ބުނީ:
ހާއްސަ ގޮތެއްގައި ކަފި ހުރަސް ފަދަ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަމާފައި ހުންނަ ރޮނގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ވެސް ނަގާ ޓޯކުރާނެ
ޓެރެފިކް ފްލޯއަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ ކޮންމެ އުޅަނދެއް ޓޯ ކުރާނެ 
ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ މަގުތަކުގައި ދަތުރުކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ މި ފަހުން ކުރަން ފަށައިފަ އެވެ. އެގޮތުން މާލޭގައި ވެސް ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން ފުލުުހުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ