ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ސަލާމަތް ކުރެވޭނެ ގޮތްތަކުގެ މަޢުލޫމާތު މުލަކު ސްކޫލުގެ ބެލެނިވެރިންނަށް ދީފި

ކުޑަކުދިންނަށް ލިބޭ އެކިއެކި އަނިޔާ ތަކާއި އެކުދިންނާމެދު ވެވޭ އިހުމާލުން އެކުދިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މަޢުލޫމާތު މުލަކު ސްކޫލުގެ ބެލެނިވެރިންނަށް ދީފިއެވެ.
ފުލުހުން ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި މުލަކު ޕޮލިސް ސްޓޭޝަނާ މުލަކު ސްކޫލު ގުޅިގެން ހިންގި މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ތަޖުރިބާ ހުރި ފުލުހުން ކަމަށެވެ.
މުލަކު ސްކޫލުގައި ބޭއްވި މިބައްދަލުވުމުގައި ބެލެނިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ކުޑަކުދިންނަށް ލިބޭ އެކިއެކި އަނިޔާ ތަކާއި ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ފާހަގަ ކުރެވިފައިވާ މުހިއްމު ބައެއް ކަންކަމުގެ މަޢުލޫމާތު ވަނީ ބެލެނިވެރިންނާ ޙިއްސާކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް އެކިއެކި ގޮތްގޮތުން ވެވޭ އިހުމާލާއި އެފަދަ ކަންކަން ދެނެގަންނާނެ ގޮތްތަކާ އެކަންކަމުން ދުރުވެ ތިބުމަށް ކުރެވެން ހުރި ކަންކަމުގެ މަޢުލޫމާތުވެސް ވަނީ މިބައްދަލުވުމުގައި ބެލެނިވެރިންނަށް ދީފައެވެ
މި ބައްދަލުވުންތަކުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ