ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ނިންމާލައިފި

15: 22 ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ނިންމާލައިފި.
48: 21 ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނެސްބާގްގެ ސޮކަ ސިޓީ ސްޓޭޑިއަމްގައި ފަށައިފި. މި ރަސްމިއްޔާތު ފެށީ އެފްރިކާގެ ފަންނާނުންނާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ވޯލްޑް ކަޕް ލަވައިން.
ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ހޮލެންޑާއި ސްޕެއިން ބައްދަލުކުރާ އިރު ތާރީހުގެ އެތައް ސަފުހާތަކެއް މުޅިން އަލަށް ލިޔެވިގެންދާނެ އެވެ. މިރޭ ކޮންމެ ބަޔަކު މޮޅުވިޔަސް އެ ޓީމަކަށް ވޯލްޑް ކަޕްގެ ތަށި ލިބޭނީ ފުރަތަމަ ފަހަރަށެވެ. އަދި މިރޭ މުޅިން އަލަށް ޔޫރަޕްގެ ޓީމަކުން އެ ބައްރުން ބޭރުގައި ފައިނަލް ކުޅެ ވޯލްޑް ކަޕްގެ ތަށި އުފުލާލާނެ އެވެ. އަނެއްކޮޅުން މިރޭ މުޅިން އަލަށް ސްޕެއިން ވެސް ވޯލްޑް ކަޕެއްގެ ފައިނަލުގައި ވާދަކުރާނެ އެވެ.
27: 21 - ދެކުނު އެފްރިކާގެ ޖޮހަނެސްބާގްގެ ސޮކަ ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އޮންނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވަޑައިގަންނަވާނެ ކަމަށް އޭނާގެ އާއިލާ އިން ކަށަވަރުކޮށްދީފި އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ވެސް މަންޑޭލާ މަސައްކަތްކުރެއްވި ނަމަވެސް ރަސްމިއްޔާތުގެ ކުރިން ހިނގި އެކްސިޑެންޓެއްގައި މުނިކާފަދަރިކަނބަލަކު އަވަހާރަވުމާ ގުޅިގެން މަންޑޭލާ ވަނީ އެކަން ކެންސަލުކުރައްވައިފަ އެވެ.
"ގާތްގަނޑަކަށް ބައި ގަޑިއެއްހާ އިރު ކާފަ ދަނޑުގައި މަޑުކުރައްވާނެ،" މަންޑޭލާގެ ފަރާތުން ވާހަކަ ދެއްކެވި ކާފަދަރިކަލެއް ކަމަށްވާ ނިކޯސީ ޒްވެލިވެލިލޭ ވިދާޅުވި އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ