ލޯބިވާ މީހަކަށް ބޭވަފާވެވިދާނެތަ؟

ވަރަށް ގިނަ ފަހަރު އިވޭ ވާހަކައެކެވެ. ބޭވަފާތެރިވަނީ ލޯބިނުވާތީއެވެ. އެކުގައި އުޅެން ބޭނުން ނުވާތީއެވެ. ބައިވެރިޔާ މަތިިން ފޫހިވީމައެވެ. ނުވަތަ މިފަދަ ކޮންމެވެސް އިތުރު ސަބަބަކާ ހުރެއެވެ.
ނަމަވެސް ސައިކޮލޮޖީ ބުނާ ގޮތުން ބައިވެރިޔާ ދެކެ ކިތަންމެ ލޯބިވިޔަސް އެމީހަކަށް ބޭވަފާތެރިވެވިދާނެއެވެ. ގަބޫލުކުރަން ކިތަންމެ ދަތިވީ ކަމުގައިވިޔަސް މިކަމަށް ދިރާސާތަކެއް ވެސް ވަނީ ކުރެވިފައެވެ.
ބައޮލޮޖިސްތު އެންތްރޮޕިސްޓު ހެލެން ފިޝާ ބުނި ގޮތުގައި ބޭވަފާތެރިކަމަކީ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. އެގޮތުން ލޯތްބާ ގުޅުން ހުރި ތިން ބައެއް ސިކުނޑީގައިވާއިރު، މި ތިން ކަމަކީ އަބަދު އެކުގައި މަސައްކަތް ކުރާ ކަންކަން ނޫން ކަން ހެލެން ފާހަގަ ކުރިއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ހެލެން ފާހަގަކޮށްފައިވަނި ސިކުނޑީގައި އިންނަ ރޮމޭންޓިކް ޑްރައިވްއެވެ. އެއީ އާންމުކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާއެވެ. ދެވަނަ ކަމަަކަށް ފާހަގަކުރީ އެކުގައި އުމުރު ހޭދަ ކުރަން ބޭނުންވާ އަދި ދިރިއުޅުމެއް ފަށައި ދަރިން ހޯދުމަށް ބޭނުންވާ ޑްރައިވްއެވެ. ތިން ވަނަ އަށް އިންނަނީ ވަގުތީ އުފާތައް ހޯދުމެވެ.
މި ތިން ޑްރައިވް އެކުގައި މަސައްކަތް ނުކުރާނަމަ މީހެއް ދެކެ ކިތަންމެ ލޯބިވި ކަމުގައި ވިޔަސް ބޭވަފާތެރިވެވިދާނެ ކަމަށް ހެެލެން ބުނެފައިވެއެވެ.
"ކުރުކޮށް ބުނާނަމަ އެންމެ މީހަކަށް ވުރެ ގިނަ މީހުން ދެކެ އަސްލު ލޯބި ވެވިދާނެ" ޓެޑް ޓޯކެއްގައި ވާޙަކަދައްކަމުން ހެެލެން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ