"ސިސްޓާ އައިލެންޑް" ކޮންސެޕްޓް ތައާރަފު ކޮށްފި

އެއްރަށުން އަނެއްރަށުގެ ވަސީލަތްތައް ބޭނުންކޮށް، އެއްރަށުން އަނެއް ރަށަށް އެހީވުމަށް އެކުލަވައިލާ "ސިސްޓާ އައިލްންޑް" ކޮންސެޕްޓް ތައާރަފުކޮށް، ފުވައްމުލަކު ސިޓީ އާއި ގއ. ރަށްތަކުން އެ ކޮންސެޕްޓުގެ މަސައްކަތް ފަށައިފި އެވެ.
ފުވައްމުލަކު ސިޓީއާއި، ގއ. އަތޮޅުގައި ހިމެނޭ ނުވަ ރަށުގެ ކައުންސިލަރުންނާއި އިސްވެރިން ބައިވެރިވެ ބޭއްވި މީގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ގެމަނަފުށީގަ އެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ މި މަސައްކަތުގެ ދަށުން ހުރިހާ ކަމެއް މައި ސަރުކާރަށް ބަރޯސާނުވެ ކުރެވޭނެ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުކަމަށް ވާނީ ވަސީލަތް ހުރި ރަށްރަށުން އަތޮޅުގެ އެހެން ރަށްރަށަށް އެހީތެރިކަން ފޯރު ކޮށްދިނުން ކަމަށެވެ. އަދި ހުވަދު އަތޮޅުން ނުލިބޭ ވަސީލަތްތަށް ފުވައްމުލަކުން ލިބޭނެ ގޮތް ހެދުން ކަމަށެވެ.
އެގޮތުން އިޖުތިމާއީ ގޮތުންނާއި ސިއްހީ ގޮތުންނާއި އިގްތިސޯދާއި ކުޅިވަރާއި ތައުލީމީ ގޮތުން އެއް ރަށުން އަނެއް ރަށަށް ވަސީލަތްތަށް ބަދަލު ކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.
ސިސްޓާ އައިލެންޑް ކޮންސެޕްޓްގެ ދަށުން ފުވައްމުލަކުން އިއްޔެ ލޮލުގެ ހާއްސަ ޑޮކްޓަރުންތައް ގެންގޮސް ގެމަނަފުށީގައި ވަނީ ލޮލުގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ކޭމްޕެއް ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ