އައްޑޫގައި ދުވަސްވީ މީހަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މީހެއްގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފި

އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހެއްގެ މައްޗަށް ޕްރޮރެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަތަރު ދައުވާއެއްކޮށް މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
އައްޑޫ ސިޓީ މީދޫގަައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެމައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ ސ. މީދޫ، ޕްރިމްރޯސް، މުހައްމަދު ސިމްހާންގެ މައްޗަަށެވެ.
ޕީޖީ އޮފީހުން ބުނީ އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސިމްހާންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ