އިންތިހާބަށް ކުރިމަތިލާން އިންޑިއާ މީހަކު 25،000 ރުޕީސް ދެއްކީ ފައިސާ ފޮތިން

އިންޑިއާގެ ޓެމިލް ނާޑޫގެ ގާނޫނުހަދާ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓަކު، އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭ 25،000 ރުޕީސް ފައިސާ ފޮތިން ދައްކައިފި އެވެ.
އޭނާ މިކަން ކޮށްފައި ވަނީ ކެމްޕޭނަށް ކެންޑިޑޭޓުން އެކި އުކުޅުތައް ހަދާތީ މިއީ ވެސް ސަމާލުކަން ލިބޭނެ ކަމެއްގެ ގޮތުގައި ދެކިގެންނެވެ.
މިކަން ކޮށްފައި ވަނީ، އާމާ މަކާލް ނެޝަނަލް ޕާޓީން ލޮކް ސަބާ އަށް ވާދަކުރައްވާ ކޫޕަލްޖީ ޑެވަޑޯސްޖީ އެވެ.
މި ފައިސާ ދެއްކުމަށް، ދިޔައީ އެކި އެއްޗިއްސަށް އަޅައިގެން ފައިސާފޮތިތައް ހިފައިގެން ސަޕޯޓަރުންނާ އެކުގަ އެވެ. އޭގެ ތެރޭގައި 10، 5، 2 އަދި 1 ރުޕީސްގެ ފައިސާ ފޮތި ހުއްޓެވެ.
ޓެމިލް ނާޑޫގައި އިންތިހާބު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި އެ ސްޓޭޓްގެ 39 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ. ވޯޓު ގުޅުން އޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ