އައިސީޑީ 10 ގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ހެލްތުން އިންޓަނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮސް ޑިސީސަސް (އައިސީޑީ 10) ގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހު 28 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ މި ތަމްރީނު ޕްރޮގްރާމަކީ ސިއްހީ ދާއިރާގެ ޓާމިނަލޮޖީތަކުގެ އިތުރުން ބަލިތައް ރިކޯޑު ކުރާނެގޮތް ކިޔައިދޭ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރުގެ އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތައް 60 މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމެކެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބައިވެރިން ސިއްހީ ދާއިރާގެ ޓަރމިނަލޮޖީ ތަކަށް އަހުލުވެރިކުރުމެވެ. މީގެ އިތުރުން މި ޕްރޮގްރާމަކީ ބަލިތައް އަދި މީހަކު މަރުވި ސަބަބު ބައިނަލްއަގްވާމީ މިންގަނޑަށް ކޯޑު ކުރުމަށް ދަސްކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރެވޭ ފެންވަރަށް ސިއްހީ ދާއިރާގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށް އުނގަންނައިދިނުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރިގްރާމެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ތަމްރީނު ޕްރޮގްރާމަށް ފަހު ރާއްޖޭގެ ސިއްހީ ތަފާސް ހިސާބުގެ ނިޒާމު ވަރުގަދަ ވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ