ކެމްޕޭން ފައިސާގެ ބަދަލުގައި ޔާމީން ގުޅުއްވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން: އަދީބް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކެމްޕޭން ފައިސާއެއް ހޯދުމަށް އެއްވެސް އިރަކު ރައީސް ޔާމީން ގުޅުއްވާފައި ނުވާ ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާގެ ކަންކަން ބެއްލެވުމަށް ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވަމުން ގެންދެވި ކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އަދީބް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގަ އެވެ.
މިއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް 2015 ވަނަ އަހަރު ހައްޔަރުކުރި ފަހުން ރައީސް ޔާމީނާ އެއް މަޖިލީހަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ޝަރީއަތުގެ މަޖިލީހުގައި ހުވާކުރެއްވުމަށްފަހު ހެކި ބަސް ދެއްވަމުން އަދީބް ވަނީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވައިގެން ޕީޕީއެމަށް ފައިސާ ހޯއްދެވުމަށް މަސައްކަތްކުރެއްވި ގޮތާއި ފައިސާ ލިބުނު ގޮތުގެ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ