ރައީސް ނަޝީދު ފިތުރު ޒަކާތް ދައްކަވައިފި

ކުރީގެ ރައިސުލްޖުމުހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފިތުރު ޒަކާތް ދައްކަވައިފިއެވެ.
ފިތުރު ޒަކާތް ދައްކެއްވުމަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ނިކަމެންތި މަތިން ހައްދާން ކޮށް ފިތުރު ޒަކާތް ދެއްކެވުމަށް ހަނދުމަކޮށްދެއްވާފައެވެ.
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މިމަހު 7 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި މާލެއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު ފަހު 1:00 އަށް އެ މިނިސްޓްރީންނެވެ. އަދި ވިލިމާލެއިން ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލް ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލެއިން ފިތުރު ޒަކާތް ބަލައިގަންނަމުން ދާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ނެވެ.
އިސްލާމިކް މިނިސްޓްރީ ބުނީ، މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އަންނަނިވި އަގުތަކުންނެވެ.
1. އާދައިގެ ހަނޑޫ: 15ރ
2. ތައިލެންޑު ހުދު ހަނޑޫ: 45ރ
3. ބާސްމަތީ ހަނޑު: 95ރ
4. ރަތް ހަނޑު: 75ރ
5. އާދައިގެ ފުށް: 15ރ
6. އާޓާ ފުށު: 60ރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ