އިންޑިއާގެ ޓިއުޝަން ސެންޓަރެއްގައި ރޯވެ ދަރިވަރުންތަކެއް މަރުވެއްޖެ

އިންޑިއާގެ ސޫރަތު ސިޓީގައި ހިންގާ ޓިއުޝަން ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ މަރުކަޒުގައި ކިޔަވަމުންދިޔަ 17 ދަރިވަރަކު މަރުވެއްޖެއެވެ.
މިހާދިސާގައި މަރުވި ގިނަ ދަރިވަރުންނަކީ ފުރާވަރު އުމުރުގެ ކުދިންތަކެކެވެ.
އެ ހާދިސާގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ވިޔަފާރީގެ މައި ސަރަހައްދެއްގައި ހުންނަ ހަތަރު ބުރީގެ ތަކްޝަޝީލާ އިމާރާތުގެ އެންމެ މަތީ ދެ ބުރީގައި ރޯވެ އޮލަ ދުންތައް އަރަމުން ދިޔަ އިރު ރޯވެފައިވާ އެ އިމާރާތުގައި ތާށިވެފައި ތިބި މީހުން އަލިފާނުން ސަލާމަތްވާން ފުންމާލާ މަންޒަރު ފެނެ އެެވެ.
މި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އިތުރު 20 ދަރިވަރަކަށް ގުޖުރާތުގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ މިހާދިސާގައި ފުރާނަ ގެއްލިދިޔަ ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
ޒަހަމްވީ ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދޭކަން ފާހަގަކުރައްވާ، ކުރެއްވި ޓުވީޓެއްގައި މޯދީ ވަނީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ގުޖުރާތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
 
[embed]https://www.youtube.com/watch?time_continue=20&v=uYfWndrNDOg[/embed]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ