ޔާމީން ހައްޔަރުކުރީ ސަރުކާރުގެ ނާގާބިލުކަމާއި ތަޖުރިބާ ނެތްކަން ފޮރުވަން: ޑރ. ޚަލީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރީ ސަރުކާރުގެ ނާބާގިލުކަމާއި ތަޖުރިބާ ނެތްކަން ފޮރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޑރ. ހަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށްރަށުގެ ސުކޫލުތަކުގެ ބަޖެޓަށްވުރެ ބްރޭކްފާސްޓުގެ ބަޖެޓު ބޮޑު ކަމަށެވެ. އަދި ވެރިކަމުގެ ތިން މަސްތެރޭގައި ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރައްޔިތުންގެ ބޮލުގައި އަޅުވައިފި ކަމަށާއި އަދި އެއްވެސް މަޝްރޫއެއް ނުފެށޭ ކަމަށެވެ.
މީގެއިތުރުން ހަލީލު ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔަވާކުދިންގެ ކިޔެވުން ހިލޭ ނުކުރެވުނު ކަމަށާއި އަލަށް ވިހާ ކުދީންނަށް ދޭން ވިދާޅުވި ޕެކޭޖުވެސް ނުލިބުނު ކަމަށެވެ.
ހަލީލު ވިދާޅުވީ އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް ނެތް ކަމަށާއި އޮތީ ހަރަދު ބޮޑު ކުރާނެ ސިޔާސަތެއް ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް ބަރޯސާކޮށް ސަލާން ޖަހަން ޖެހޭ މިސްރާބަށް ޖަހައިފި ކަމަށް ވެސް ހަލީލުގެ ޓުވީޓުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ