ޤުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް ރައީސް އިފްތިތާހުކޮށްދެއްވައިފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެފްރޮގުރާމު އިފްތިތާހު ކޮށްފައިވަނީ ރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެފްރޮގުރާމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ ތެރެއިން ފެނުމުން މަހުރޫމްވެފައިވާ މީހުނަށް ގުރުއާން ކިޔުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށްވާ ބްރައިލް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން އެ އެޕް މެދުވެރިކޮށް ބައިގަޑިއިރެއްހާއިރު ތެރޭ އަކުރުތަށް އެމްބޯސްކޮށް ޕްރިންޓްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އަލްޤާރީ އަހުމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ