މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި މިރޭ މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފަށް ފޭރިފައިވަނީ މަޖީދީ މަގާއި ރަށްދެބައި މަގު ހިމެނޭ ސަރަހައްދުން ކަމުގައެވެ. ފޭރުނީ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފަށް ވޭރުނު 24 އަހަރުގެ ފިރިހެން މީހާ ދުއްވައި ހަތުމުން އޭނާގެ އަތުން ފަށް ވެއްޓުނު ކަމަށާއި ފަށް މިހާރު އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިހާދިސާގައި ފޭރުނު މީހާ ދުއްވައި ގަތުމުން އޭނާ އަތުލައި ގަނެވުނީ އާއްމުންގެ އެހީތެރިކަމާއި އެކު ޗާންދަނީ މަގު ކުރީގެ އެވިންސް ފިހާރަ ސަރަހައްދުންކަމަށްވެސް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ