ތ.އަތޮޅުން މީހުން ގޮވައިގެން ފުރި ދޯންޏެއް ތިލައަކަށް އަރައިފި

މުހައްމަދު ފަޒީންތ.އަތޮޅުން ފަރައިގެން މާލެ އައުމަށް ދަތުރު ކުރަމުން ދަނިކޮށް ތ.މަޑިފުށީ ރަތްވިލާގޭ، ރާމިޒު ސުލައިމާނުގެ "ޝަރަފް 4" ދޯނި ތިލައަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު ގާތްގަޑަކަށް 02:20 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިފިއެވެ.ކޯސްޓްގާޑުން މައުލޫމާތު ދެއްވި ގޮތުގައި މިދޯނި އަރާފައިވަނީ ރޭ ދަންވަރު މ.އަތޮޅު ރާބަދި ހުރާގެ އިރުދެކުނުން ހަތަރު މޭލު ބޭރުގައި އޮތް ތިލައަށެވެ.އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި މ.އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި އެދޯނީގައި ތިބި ފަޅުވެރިން ފިޔަވައި ހުރިހާ އެންމެން މިހާރު ވަނީ މ.ދިއްގަރަށް ގެންގޮސްދީފައެވެ. 83 ފޫޓްގެ މި ދޯންޏަކީ މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށާއި، އެއްވެސް މުދަލެއް މިދަތުރުގައި އުފުލަމުން ނުދާކަމަށްވެސް ދޯނީގެ ކެޕްޓަނާއި ހަވާލާދީ ކޯސްޓްގާޑުން މައުލޫމާތު ދެއްވިއެވެ.މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުމާއެކު ކޯސްޓްގާޑުގެ ހާބަރ ކްރާފްޓް ލޯންޗް ވަނީ ރޭ ދަންވަރު ގާތްގަޑަކަށް 3:30 ހާއިރު އެސަރަހައްދަށް ގޮސްފައެވެ. މިހާދިސާ ހިނގި އިރު ދޯނީގައި ތިން ފަޅުވެރިންނާއެކު ޖުމްލަ 24 މީހުން ތިއްބެވެ. އޭގެ ތެރޭގައި 10 އަންހެނުންނާއި ހަތަރު ކުޑަކުދިން ތިބިކަމަށް ދޯނީގެ ކެޕްޓަން ކޯސްޓްގާޑަށް ވަނީ މައުލޫމާތު ދީފައެވެ.މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ދޯނި ވަނީ ވަރަށް ބޮޑަށް ތިލަ މައްޗަށް އަރާފައެވެ. މިދޯނި ފުންކުރުމަށް އެދޯނީގެ ވެރިފަރާތުން މިއަދު ހެނދުނު 09:05 ހާއިރު ވަނީ ދޯންޏެއް އެސަރަހައްދަށް ފޮނުވާފައެވެ. އަދި ކޯސްޓްގާޑުންވެސް ދަނީ މިދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ