އުމުރުން ދުވަސްވީ މީހުންގެ ދުވަސް: ދުވަސްވީ މީހުން ހިލޭ ޑޮކްޓަރަށް ދެއްކުމާއި ޗެކަޕް ހެދުން އައިޖީއެމްއެޗްގައި އެއް ދުވަހަށް ހިލޭ

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައިޖީއެމްއެޗްގައި ހިލޭ ޑޮކްޓަރަށް ދައްކައި ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސައިފި އެވެ.އައިޖީއެމްއެޗުން ނެރެފައިވާ ނޫސްބަޔާނެއް ގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެ ހޮސްޕިޓަލުން އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ޑޮކްޓަރަށް ދައްކައި ޗެކަޕް ހެދޭނެ ކަމަށެވެ. އެގޮތުން ޑޮކްޓަރުން ތިއްބަވާނީ އެތެރެހަށީގެ ބަލިތަކަށާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، އާއްމު ބަލިތަކަށް ފަރުވާ ކުރާ ޑޮކްޓަރުންގެ އިތުރުން ކަށި ސްކޭންކުރުމާއި، ބްލަޑް ޕްރެޝަރ ޗެކްކުރުން އަދި ހަކުރު ޗެކް ކުރުމަށް ކަމަށެވެ.މީގެ އިތުރުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.އައިޖީއެމްއެޗުން ބުނީ އުމުރުން 45 އަހަރަށް ވުރެ މަތީގެ ކޮންމެ މީހަކަށް ވެސް އެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. މިއަހަރުގެ އުމުރުން ދުވަސް މީހުންގެ ޝިޢާރަކީ " ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ދައުރު" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ