ޑްރޮގްބާގެ ހުށަހެޅުމަށް ފީފާއިން އިންކާރުކޮށްފި

ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރު ހުޅުވުމުގެ ކުރިން އެހެން ކްލަބަކަށް ލޯން ޓްރާންސްފާއެއްގައި ބަދަލުވާން އެދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑްރޮގްބާ ހުށަހެޅި ހުށަހެޅުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން އިންކާރުކޮށްފިއެވެ.
މިދިޔަ ސީޒަންގައި ޗެލްސީއަށް ކުޅުމަށްފަހު މިސީޒަންގައި ޗައިނާގެ ކްލަބެއްކަމަށްވާ ޝަންހާއީ ޝެންހުވާ އަށް ކުޅެމުންދާ ޑްރޮގްބާ، ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރު ހުޅުވުމުގެ ކުރިން، ލޯން ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވާން އެދުމުން ފީފާއިން ބުނެފައިވަނީ އެފަދަ ގޮތަކަށް ބަދަލުވުމަކީ ފީފާގެ ގަވާއިދުތަކާ ހިލާފު ކަމެއްކަމަށާއި ކުޅުންތެރިންގެ ޓްރާންސްފާރއަށް ހުޅުވާލެވިފައިވާ ދުވަސްވަރުގައި ނޫނީ ބަދަލު ނުވެވޭނެ ކަމަށެވެ.
ޑްރޮގްބާވަނީ މިހާރު ކުޅެމުންދާ ކްލަބާމެދު ކޮންމެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. މިދިޔަ ސީޒަންގައި ޑްރޮގްބާ ޗެލްސީއަށް ކުޅެދީފައިވާ އެންމެ ފަހު މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. އެމެޗުން ޗެލްސީ މޮޅުވެފައިވަނީވެސް ޑްރޮގްބާގެ ލަނޑަކުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑްރޮގްބާ އޭނާގެ ކުރީގެ ޓީމުގެ އިތުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ