ކޭޝް ކާޑަކުން އިތުރަށް ފައިސާ ކެނޑިކަމުގެ ކުށުގައި މީހަކު ހަ މަހަށް އަރުވާލަން ހުކުމްކޮށްފި

ރެސްޓޯރެންޓެއްގެ ކޭޝިޔަރަކު، އެ ރެސްޓޯރެންޓަށް ހިދުމަތް ހޯދަން ދިޔަ މީހެއްގެ ކޭޝް ކާޑުން އިތުރަށް ފައިސާ ކަނަޑައިގެން، ހިޔާނާތްތެރިވުމުގެ ކުށުގައި ހަ މަސް ދުވަހަށް އަރުވާލަން ހުކުމްކޮށްފި އެވެ.ހިޔާނާތްތެރިވުމުގެ ކުށުގައި އަރުވާލުމަށް ޖިނާއީ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން މިއަދު ހުކުމް އިއްވެވީ ވިލިމާލޭ އޭޝިޔަން ވިލެޖް ހަސަން އަޒުހާރުގެ މައްޗަށެވެ.‹އަޒުހާރު އެ ކާޑުން ބިލަށް ފައިސާ ކެނޑުމަށް ފަހު އިތުރު 500ރ. ކެނޑި ކަމަށް ޝަރީއަތަށް ސާބިތުވެގެނެވެ›އޭނާގެ މައްޗަށް މި ހުކުމް ކުރެއްވީ އޭނާ ސިޓީ ގާޑްން ރެސްޓޯރެންޓުގެ ކޭޝިޔަރަކަށް ހުއްޓައި އެޕްރީލް14، 2010ގައި އެ ރެސްޓޯރެންޓަށް ދިޔަ ކަސްޓަމަރަކު ހިދުމަތް ހޯދުމަށް ފަހު ބިލަށް ފައިސާ ދެއްކުމަށް ކޭޝް ކާޑާއި ޕިން ނަންމްބަރު  ވޭޓަރު އަތަށް ދީފައި ކައުންޓަރަށް ފޮނުވުމުން އަޒުހާރު އެ ކާޑުން ބިލަށް ފައިސާ ކެނޑުމަށް ފަހު އިތުރު 500ރ. ކެނޑި ކަމަށް ޝަރީއަތަށް ސާބިތުވެގެނެވެ.އަޒުހާރުގެ މައްޗަށް އިއްވި ހުކުމުގައި ބުނަނީ ކަސްޓަމަރުގެ ކޭޝްކާޑުން އަޒުހާރު އިތުރަށް ފައިސާ ކެނޑި ކަމަށް ހެކިންގެ ހެކި ބަހުންނާއި ލިޔުންތަކުން ޝަރީއަތަށް ސާބިތުވާތީ ހިޔާނާތްތެރިވުމުގެ ކުށުގައި ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަ މަސް ދުވަށް އަރުވާލަން ހުކުމް ކުރެއްވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ