ފަލަސްތީނާއި އިޒްރޭލުގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ފުރުސަތު، ރައީސް ނަޝީދު އެދުނީ އާންމުންގެ ހިޔާލަށް

ފަލަސްތީނާއި އިޒްރޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ ގާނޫނުހަދާ މަޖިލީހުގައި ތަގްރީރުކުރުމުގެ ފުރުސަތު ލިބިފައިވާއިރު އެކަމާއި މެދު އަދި ވަކިގޮތެއް އަދި ނުނިންމާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިބާވަތުގެ ކަމެއް ދިމާވުމުން އެވާހަކަ ގިނަބަޔަކާ ހިއްސާ ކުރުމަށް ބޭނުންވި ކަމަށާއި، މިފަދަ ކަންކަމުގައި ރައްޔިތުން ހިފާނެ މިސްރާބު އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.
ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްޤުކަން އެއީ މަޖިލީހުގެ މެމްބަރުން ދެކޮޅުހަދާނެ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަމެއް ދެވެން އެއްވެސް މިންވަރަކަށް ވާނަމަ، އެއީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން އަބަދުވެސް އެދޭނެކަމެއް. އެ އެހީތެރިކަން ފޯރުކޮށްދެވެން އޮތް މަގަކީ ކޮބައިތޯ، އެއީ މި މަޖިލީހުގެ މެމްބަރުންވެސް ވިސްނަވާންޖެހޭނެ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ކަންކަމުގައި ހިޔާލުފާޅުކުރާ ތަފާތު ގޮތްގޮތްވާ ކަމަށާއި، އެ ހިޔާލުތަކުގެ ތެރެއިން ހުރިހާ މީހުން ހިތްހަމަޖެހޭ ގޮތެއް ހޯދި އެގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދަންޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ