ސަރުކާރަށް ބަހެއް ބުނެވެނީ ރައްޔިތުން ރުޅިގަދަވެ ޖަޒުބާތުގައި ޖެހުމުން: އާދަމް ޝަރީފް

އަދުގެ ސަރުކާރަށް ބަހެއް ބުނެވެނީ ރައްޔިތުން ރުޅިގަދަވެ ޖަޒުބާތުގައި ޖެހުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީގެ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން ކޮށްފައިވާ ފަސްއަހަރު ދުވަހުގެ ސިޔާސީ ޖަލު ހުކުމާއި ދެކޮޅަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން އިންތިހާއަށް ރުޅިގަދަވެގެން ގާނޫނު ތަކާއި ގަވައިދުތަކުގެ ބޭރުން ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރެވޭ ހިސާބަށްގޮސްގެން ނޫނީ ސަރުކާރަށް ކަންކަމުގައި ޖަވާބުދާރީ ނުވެވޭ ކަމަށެވެ.އޭނާ ފާހަގަކުރެއްވިގޮތުގައި އެ ހިސާބަށް ކަންކަން ދިޔުމުން ދޭހަވެގެންދަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ މަސަައްކަތްތަކެއް ނުކުރެވޭކަމެވެ."އެހެންވީމަ އަޅުގަނޑުމެން މިދަންނަވަނީ ރައްޔިތުންގެ އިޖުތިމާއީ އަދާލަތު ރައްކާތެރިކޮށްދޭކަށް ސަރުކާރުން މަސައްކަތް ކުރާތަނެއް ނުފެނެއޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.މިފަހަކަށް އައިސް ރާއްޖޭގައި ދިމާވާ ބޮޑެތި އިޖުތިމާއީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ސަރުކާރުން ލަސްކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދާދި ފަހުން 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަގުތުން ވަގުތަށް ހައްޔަރު ނުކުރި މައްސަލައިގައި އާންމުން ވަނީ އިންތިހާ ދަރަޖަޔަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ހިތާމަވެރި ހާދިސާއާއި ގުޅިގެން މުޅި ރާއްޖޭގައި ވަނީ ސަރުކާރުން އެ މައްސަލައިގައި އަމަލުކުރި ގޮތާއިގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ