ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް "ނެކްސް 100" އެވޯޑު ދެނީ

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް "ނެކްސް 100" ގެ ނަމުގައި އެވޯޑެއް ދޭން ނިންމައިފި އެވެ.
ބޮޑެތި ވިޔަފާރި ތަކަށް "ގޯލްޑް 100" އެވޯޑު ދެމުން ގެންދާ، ކޯޕަރޭޓް މޯލްޑިވްސް އިން ބުނި ގޮތުގައި ރާއްޖޭގައި އަލަށްދޭން ފަށާ، "ނެކްސް 100" އެވޯޑު ދޭނީ، މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެމްއެސްއެމްއީއެސް) ތަކަށެވެ. މި އެވޯޑުވެސް ދޭނީ އަހަރު އެއް ފަހަރު އެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ ޝަތުރުތަކެއް ހަމަވާ ވިޔަފާރި ތަކަށެވެ. މީގެތެރޭގައި އެންމެ މުހިންމު ޝަރުތަކީ އެ ވިޔަފާރިއަކީ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށްވުމެވެ. މި އެވޯޑަށް ބޭރު ކުންފުންޏަކާއެކު ޕާޓްނާޝިޕް ހަދައިގެން ރާއްޖޭގައި ހިންގާއެއް ވެސް ވިޔަފާރި އަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. މީގެ އިތުރުން އެހެން ޝަތުރުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިއަކަށްވުމާއި މިދިޔަ އަހަރުގެ 31 ޑިސެމްބަރުގެ ކުރިން ރަޖިސްޓްރީކޮށްފައިވުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އަހަރު ދުވަހުގެ ތެރޭގައި އާމްދަނީ 100،000ރ. އާއި 15 މިލިއަން ރުފިޔާއާ ދެމެދުގައި ހުރުން ވެސް ހިމެނެ އެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން މިހާރު ދަނީ "ގޯލްޑް 100" ގެ ނަމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ކުންފުނިތައް ހޮވަމުންނެވެ. މި ލިސްޓުގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނި ތަކެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ