ފުވައްމުލަކު ރިންގު ރޯޑްގެ ބާކީ ބައިގައި ތާރު އަޅަން ފަށައިފި

ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިޔަށް ގެން ދާ ޏ. ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުން، އެ ރަށުގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުގެ ތާރުއެޅުމުގެ ބާކީ ބައިގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މި މަސައްކަތް ފެށުމުގެ ކުރިން، މިމަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނެސް މަޝްރޫޢު ކުރިއަށް ގެންދަން ސަރުކާރުންނިންމާފައި ވެއެވެ. ޑިޒައިނަށް ގެނައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުން ކޮށްގެން އަޅާ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލައިގެ ބޭސްކޯސް ނުވަތަ އެގްރިގޭޓް ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުމެވެ. އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުން ކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމީ، މިފަދަ މަޝްރޫއުތައް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ.
މި މަޝްރޫ ޢުގެ ޑިޒައިނަށް މި ބަދަލު ގެނެސްފައިވަނީ ނެޝަނަލް ޕްލޭނިން އެންޑް
އިންފްރާސްޓްރަކްޗާ މިނިސްޓްރީފެ މަޝްވާރާއާއެކު އެވެ.
ސިޓީއެއްގެ ގޮތުގައި އޮތް ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ ކުރިން އެ މަގުގައި ތާރު އަޅައި ނިންމާފައި އޮތް ހިސާބުންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައި މަގު ބަންދުކޮށްގެން ނެވެ.
ފުވައްމުލަކު ރިންގް ރޯޑް މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސާއެކު އެއްބަސްވުމުގައި ސޮއިކުރީ 27 މާޗް 2019 ގައެވެ. މި މަޝްރޫއު ދަށުން 24،300 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ އެވެ. މަޝްރޫޢުއަށް 32،042،893.70 ރުފިޔާ ހަރަދު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ