އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ވެސް ލުއިތަކެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ލުއިތަކެއް ދިނުމަށް އެބޭންކުން ނިންމައިފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބޭންކްތަކުގެ ކަސްޓަމަރުންނަށް ސަޕޯޓް ޕްލޭނެއް ދޭން ނިންމަވައިފައެވެ.
އެގޮތުން އެމްއައިބީން ވަނީ އެބޭންކުން ފައިނޭންސް ފެސިލިޓީޒް ނަގާފައިވާ އަމިއްލަ ފަރާތްތަކާއި، ރީޓެއިލް އަދި ކޮންޒިއުމާ ކަސްޓަމަރުންނަށްވެސް ލުޔެއް ދޭން ނިންމައި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެބޭންކުން ރީޓެއިލް އަދި ކޮންސިއުމާ ފައިނޭންސިން ފެސިލިޓީސްތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ލުއި ހޯދަން ބޭނުންވާ ކަސްޓަމަރުން އެކަމަށް ޚާއްޞަ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު އެ ބޭންކުގެ ކޯވިޑް ސަޕޯޓް އީމެއިލް އެޑްރެހަށް ފޮނުވުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ