ރައްޔިތުން މުޒާހަރާކުރަން ފެށީމާ ތިމަރަފުށީގަ އުޅޭ ޝައިޠޯނާގެ ބައިވެރިޔާ ހައްޔަރުކުރާނެ ކޯޓު އަމުރުވެސް ހޯދިއްޖެ! ރަށުންވެސް ބޭރުކުރެވިއްޖެ!

ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށުމުން ފުލުހުން ބުނަމުން އައީ އޭނާއަކީ ނަފްސާނީ ބަލީގައި ފަރުވާ ހޯދާ މީހެއްކަމަށެވެ. ނަމަވެސް ޖެންޑަރ މިނިސްޓްރީން ބުނީ އޭނާއަކީ ނަފްސާނީ މައްސލައެއް ހުންނަ މީހެއްކަން އެނގިފައިނުވާކަމަށެވެ. ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށުމުން ހައްޔަރުކުރާނެ ކޯޓު އަމުރެއްވެސް ހޯދިއްޖެއެވެ. ހައްޔަރުކޮށް ރަށުން ބާލައި ބަންދަށް 15 ދުވަސްވެސް ޖެހިއްޖެއެވެ. 
ހަތުރުބަހުން މަގުމަތީގައި ހަޅޭލެވި ތިމަރަފުށީ މަސްތުވާތަކެތި ބޭނުންކުރާ އާމިނަ މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށުން ލ އަތޮޅަށް ގެންގޮސްފައެވެ.
ﷲ ތައާލާށއަށް ނިޞްބަތްކޮށް އެންމެ ހަޑިހުތުރުބަހުން މަގުމަތީގައި ހަޅޭލެވި ތިމްރަފުށީ މަސްތުވާތަކެތި ބޭނުންކުރާ އާމިނަ މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށުން ލ އަތޮޅަށް ގެންގޮސްފައި ކަމަށްވެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުން މަސްތުވެ ކުރެވޭ ނުކުރެވޭ ކަންކަން އަދި ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ޙާލަތަށް މީހާދާކަން އެފަދަތަކެތި ބޭނުންކުރާ މީހުންނަށް އެނގެއެވެ. ބޭނުންކުރަނީ އެނގިތިބެގެންނެވެ. ވީމާ އެއީ މަސްތުގެ ޙާލަތުގައި ހުރުމުން ކުރެވޭ ކަންކަން ކަމަށް ނިންމުމަކީ ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އަދި އެފަދަ ޢަމަލުތައް ކުރާ މީހުންނަކީ ނަފްސާނީ މީހުންކަމަށް ހެދުމަކީ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އެންމެ ބޮޑު އެއް ޖަރީމާ ނޫންކަމަކަށް ނުހެދޭނެއެވެ. 
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތަށް ވެރިކަން ހިންގާނަމަ މިފަދަ ޢަމަލުތައްކުރާ މީހުންނާއިމެދު ފިޔަވަޅު އަޅަންޖެހެއެވެ. ޙައްޤު އަދަބުދީގެންވެސް އިޞްލާޙްކުރަން މަސައްކަތް ކުރަން ވެރިކަމަށް ޖެހެއެވެ. ނަމަވެސް އެފަދަ އަމަލުތައް ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅާތަން މިފެންނަނީ ރައްޔިތުން ނުކުމެ މުޒާހަރާކުރުމުންނެވެ. މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ. މިއީ ހޯމް މިނިސްތްރީ އާއި ފުލުހުން އިތުރަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ