ހިޔާ ފްލެޓް ސަރަހައްދުގައި ސާމްޕަލް ނަގާ ސެންޓަރެއް ހުޅުވައިފި

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ސެންޓަރެއް, ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ހުޅުވައިފި އެވެ.
މިއީ ދެ ވަނަ ފިޔަވަހީގައި ހުޅުވި މި ފަދަ ފުރަތަމަ ސެންޓަރެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ, އެ ސެންޓަރު ހުންނާނީ ހިޔާ ޓަވަރުތަކުގެ އަށް ވަނަ ޓަވަރު ކައިރީގައި ކަމަށެވެ. އަދި އެތަނުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި, ހާއްސަކޮށް މާލޭގައި އަނެއްކާވެސް ގޯސްވެފައިވާ އިރު, ސާމްޕަލް ނަގާ ސެންޓަރުތައް ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ހެންވޭރު ދަނޑުގައިވެސް ވަނީ ސާމްޕަލް ސެންޓަރެއް ހުޅުވައިފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ