މޮނީޓަރިންގައި އޮތް ރަށްތަކުގެ އަދަދު 27 އަށް

ކޮވިޑް ކޭސްތަކާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންނަށް ލީ ރަށްތަކުގެ އަދަދު 27 އަރައިފި އެވެ.
އިއްޔެވެސް އިތުރު ހަތަރު ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ގދ. މަޑަވެއްޔާއި އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫގެ އިތުރުން ދ. ހުޅުދެއްޔެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި އަތޮޅުތެރެއިން 3،050 މީހަކު ވަނީ ދެނެގަނެވިފަ އެވެ. އެއީ 2،819 ދިވެހިންނާއި 231 ބިދޭސީންނެވެ.
އެގޮތުން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ކ. ގުރައިދޫ، ހދ. ކުޅުދުއްފުށި، ސ. ހުޅުމީދޫ، ސ. ފޭދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ