އުރީދޫގެ ކަސްޓަމަރުންނަށް 6 މަހުގެ އެމޭޒަން ޕްރައިމް މެމްބަރޝިޕް ލިބޭ އޮފާއެއް!

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް، އަދި ޕޯސްޓްޕެއިޑް 1000 އިން މަތީގެ ޕްލޭނެއް ހިޔާރުކުރާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް، 6 މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ އޮފަރ އެއް އުރީދޫ އިން މިއަދު ތައާރަފުކޮށްފި އެވެ. އުރީދޫ އިން ބުނީ އެ އޮފަރ މެދުވެރިކޮށް، ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން، އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯއަށް އަންލިމިޓެޑް އެކްސެސް ލިބޭނެ ކަމަށެވެ. އޮފަރ އަށް ޝަރުތުހަމަނުވާ ކަމުގައި ވާނަމަ، ރާއްޖޭގެ %60 އަށް މިހާރު ހުޅުވާލެވިފައިވާ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ނުވަތަ، އަންލިމިޓެޑް ކޯލް، އަންލިމިޑެޓް އެސްއެމްއެސް އަދި އުރީދޫ ޕޯސްޓްޕެއިޑް 1000، 1499 ނުވަތަ 1999ގެ ޕްލޭނެއް ހިޔާރުކުރެވޭނެ އެވެ. އެމޭޒަން ޕްރައިމް ވީޑިއޯ އަށް މައި އުރީދޫ އެޕް، އުރީދޫ ވެބްސައިޓް، ނުވަތަ ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް ސައިން އަޕް ކުރެވޭނެ އެވެ. އުރީދޫ މެދުވެރިކޮށް، ކުރިން އެ ހިދުމަތް ހިޔާރުކޮށްފައިވާނަމަ، ކަސްޓަމަރަށް ލިބެންވާ ހިލޭ މެމްބަރޝިޕް، އުރީދޫ އިން އެކްޓިވޭޓްކޮށްލެވޭނެ އެވެ. ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، މަގުބޫލު ފިލްމުތައް، ޓީވީޝޯތައް، ސްޓޭންޑް އަޕް ކޮމެޑީ ޝޯތައް، ކުޑަކުދިންގެ ޝޯތައް އަދި ބައިނަލްއަގްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯތައް ބައްލަވާލެވޭނެ އެވެ. އުރީދޫއިން ބުނީ އުރީދޫ އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، ފާއިތުވެދިޔަ ޑިސެމްބަރ މަހު ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާއި އެކު ހޯދޭ ހިދުމަތެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެ ހިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެމޭޒަން ޕްރައިމް ވީޑިއޯގެ އަޖުމަބެލުމުގެ ގޮތުން ހަފްތާއެއް ވަންދެން މުޅިން ހިލޭ ބޭނުންކުކުރުމަށްފަހު ފުރަތަމަ ހަ މަހަށް، މަހަކު 49 ރުފިޔާގެ ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް ބޭނުން ކުރެއްވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން، ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިދުމަތް ބޭނުންކުރެއްވުމަށް ފަސް ޖީބީގެ ޑޭޓާއާއިއެކު މަހަކު 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ކުންފުނި އެމޭޒަން އިން ދޭ، ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ ހިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ