އީރާނު ވުޖޫދުން ފޮހެލާނެ ކަމުގެ އިންޒާރު ޓްރަންޕް ދީފި

އީރާނު ވުޖޫދުން ފޮހެލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދީފިއެވެ.
އީރާނަށް އަމާޒުކޮށް ކުރި ޓްވީޓެއްގައި ޓްރަންޕް ބުނެފައިވަނީ އީރާނަށް ނަގައިނެވޭނީ ބާރާއި ނުފޫޒުން ކަމަށެވެ.
އަދި ޓްރަންޕްގެ އެެ ޓްވީޓުން ޓްރަންޕް ބޭނުންވަނީ އެމީހުންނަށް މި ބާރު ދައްކާލުމަށްކަން އޭނާގެ ޓްވީޓުން ހާމަވެއެވެ. އަދި އެމެރިކާއަށް އެއްވެސް ވަރެއްގެ ހަމަލާއެއްދީފިނަމަ "ބާރުގަދަ އަރައިނުގަނެވޭނެ ފަދަ ބާރަކާއެކު" ހަމަލާދީ އީރާން ވުޖޫދުން ފޮހެލާނެކަމަށް ޓްރަންޕް ވަނީ އިންޒާރު ދީފައެވެ. އީރާން އަކީ ވަރަށް ބޯހަރު ގައުމެއްކަމަށާއި އެމެރިކާއަށް ބަސްބުނަނީ އެމީހުންނަށް ހަގީގަތް ނަގައިނުގަނެވޭތީ ކަމަށްވެސް ޓްރަންޕްގެ ޓްވީޓްގައިވެއެވެ. ޓްރަންޕް މިގޮތަށް ޓްވީޓްކޮށްފައިވާއިރު އީރާން އާއި އެމެރިކާއާއި ދެމެދު މައްސަލަ ހޫނުވެ ބޮޑު ހަމަނުޖެހުމެއްގެ ކޮޅުމަތި ވަނީފެންނަންފަށާފައެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ