މުލަކު ބޯޓު ޔާޑުގައި އަލިފާން ރޯވެއްޖެ

މ. މުލަކުގެ ބޯޓު ޔާޑުގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ މުލަކު ބޯޓު ޔާޑު ސަރަހައްދުގައި ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:17 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ބޯޑު ޔާޑުގައި ހަދަމުން ދިޔަ 22 ފޫޓުގެ ޑިންގީ އަކާއި ހަރުގޭގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންނާއި އާންމު ރައްޔިތުންގެ ނުކުމެ 04:45 ހާއިރު އެއަލިފާންގަނޑު ނިވާލިއެވެ. ނަމަވެސް ރޯވީ ކީއްވެކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން މުލަކު ކައުންސިލަރު އަޝްރަފު ޖަމްޝީދު ވިދާޅުވިގޮތުގައި އަލިފާން ރޯވި ޑިންގީ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި ޑިންގީ ހަދަމުން ދިޔަ އެހަރުގެ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އަޝްރަފު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ