އެ އަތޮޅެއްގެ ވޯޓު އެ އަތޮޅެއްގައި ގުނުމަށް ސާކް އޮބްޒާވަރުން ލަފާދީފި

އަހުމަދު ޒާހިރު (ހިރިގާ)
ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި އެ އަތޮޅެއްގެ ވޯޓު އެ އަތޮޅެއްގައި ގުނުމަށް ސާކުގެ އޮބްޒާވަރުން ދިވެހި ސަރުކާރަށް ލަފާދީފި އެވެ.
ޖެނުއަރީ 22 ގައި ރާއްޖޭގައި ބޭއްވި އާންމު އިންތިހާބުގައި ސާކުގެ ހަ ގައުމަކުން މަންދޫބުން ބައިވެރިވެގެން ހުށަހެޅި 11 ސަފުހާގެ ރިޕޯޓްގައި ބުނެފައި ވަނީ ވޯޓު ގުނަމުން ދާ އިރު ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ގުނާ ތަނުގައި ތިބެވުން ވެސް މުހިންމު ކަމަށެވެ.
އޭގެ އިތުރުން މީހުން ވޯޓު ދެމުން ދާ އިރު ވޯޓު ދޭ މަރުކަޒުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ތިބެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް އިތުރަށް ރަނގަަޅު ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ވޯޓު ދޭ 60 މަރުކަޒަކަށް ސާކުގެ އޮބްޒާވަރުން ޒިޔާރަތްކޮށް ވޯޯޓު ދެމުން ދިއަ ގޮތް ވަރަކަށް ކައިރިން ބަލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 42 ގޮނޑި އަށް، 149 ކެންޑިޑޭޓުން ވާދަކުރި އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ވެސް ސާކު އޮބްޒާވަރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ