ގަވާދާއި ހިލާފަށް މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގަނީ

ހިނގާބިނގާ މީހުންނަށް އުނދަގޫވާތީ މާލޭގެ އެކިސަރަހައްދުގެ މަގުތަކުގައި ގަވާދާއި ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓުތައް ސިޓީ ކައުންސިލުން މިއަދު ނަގަން ފަށައިފިއެވެ.
މިގޮތުން މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ގަވާއިދުގައި އޮންނަ ގޮތުން މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި މިއަދު ފެށި މަސައްކަތުން ބޮޑު ހަ ލޮރީ ފުރާ ޕެލެޓު ނަގާފައިވާ ކަމަށެވެ.
ގަވައިދުގައި އޮންނަ ގޮތުން ހުއްދައަކާއި ނުލައި މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ