ފެނުމުގައި މައްސަލަ ހުންނަ ދަރިވަރަކު އޯ ލެވެލް ޓޮޕް ޓެންގައި ހިމެނިއްޖެ

މިދިޔަ އަހަރު ސާނަވީ އިމްތިހާން (އޯ ލެވެލް) އިމްތިހާން ނިންމި ކުދިންތަކުގެ ތެރެއިން ލޮލުގައި ފެނުމުގެ މައްސަލަ އުޅޭ ދަރިވަރަކު ޓޮޕް ޓެންގައި ހިމެނިއްޖެ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ޓޮޕް ޓެންގައި ހިމެނުނީ ތާޖުއްދީން ސްކޫލުގެ ދަރިވަރެއް ކަމަށްވާ އަބްދުﷲ ޖިނާހް އަލީ ކަމަށެވެ. އޭނާ އޯ ލެވެލް އިމްތިހާނުގައި ތިން އޭ ސްޓާ އާއި ތިން އޭ އަދި ދެ ބީ ފާސް ވަނީ ހޯދައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރަކީ މުޅިން ލޮލަށް ނުފެންނަ ދަރިވަރެއް ނޫން ކަމަށާއި އެ ދަރިވަރު އިމްތިހާން ހެދީ ހާއްސަ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ވަކި ވައްތަރެއްގެ ލައިޓްއެއް ދިއްލައި ލިޔެފައި ހުންނަ ތަކެތި ބޮޑުކޮށް ފެންނާނެ ގޮތް ހެދުމުގެ އިތުރުން ވާހަކަ ދައްކާ ކަލްކިއުލޭޓަރު ފަދަ ތަކެތި ބޭނުންކުރި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދަރިވަރު ކްލާސްތަކުގައި ކިޔެވީ ވެސް އެހެން ކުދިންނާ އެއްކޮށް ކްލާހުގައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާންގައި އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ތިން ކުއްޖަކު ޖަމާލުއްދީން ސްކޫލުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ