ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފޮޓޯ އާއްމުކޮށްފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ ފޮޓޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
އެހެންކަމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަމްބަރު 449901 ވިދާޅުވެ، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ