އަމަންޑާ ގޯމަން: ރައީސް ބައިޑަން ހުވައިކުރެއްވުުމުގެ ރަސްމިއްޔާތުގައި އެންމެންގެ ހިތް އަތުލި ޒުވާން ޝާޢިރު

ފޮޓޯ: ޓުވިޓަރ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދީ 'ބަދަހިކަމާއި އެއްބައިވަންތަކަމަށް' ގޮވައިލި ޒުވާން ޝާއިރު އުމުރުން އެންމެ 22 އަހަރުގެ އަމަންޑާ ގޯމަން އެވެ. ރަސްމިއްޔާތަށް ދައުވަތު އެރުވިފައިވާ އިއްޒަތްތެރިންގެ އިތުރުން ގޯމަންގެ ހުށަހެޅުން ދުނިޔޭގެ އެކިކަންކޮޅުތަކުން ދިހަ މިލިއަން މީހުން ވަގުތުން ބަލަމުން ދިޔައެވެ.
ބުދަ ދުވަހު އޮތް ރަސްމިއްޔާތުގައި އަމަންޑާ ހުށެހެޅި ޅެން "ދަ ހިލް ވީ ކްލައިމްބް' އަކީ އޭނާ އަމިއްލައަށް ލިޔެފައިވާ ޅެމެކެވެ.  ބައިޑެންގެ އިނޯގަރަލް ކޮމިޓީ އިން ޑިސެންބަރު މަހުގެ ފަހުކޮޅު ވީޑިއޯ މެދުވެރިކޮށް އޭނައާ ގުޅައި، ޅެން ހުށަހެޅުމަށް ފުރުސަތު ދިނެވެ. އޭނާގެ ނަން ކޮމެޓީއަށް ހުށަހެޅުއްވީ ރައީސް ބައިޑަންގެ އަނބިކަނބަލުން ޑރ. ޖިލް ބައިޑަން އެވެ. ޑރ. ޖިލް އޭނާގެ ނަން ހުށަހެޅުއްވީ ލައިބްރަރީ އޮފް ކޮންގްރެސްގައި ގޯމަން ހުށަހެޅި ހުށަހެޅުމެއް ފެނިގެންނެވެ. ޅެން ލިޔަންވީ ގޮތެއް، އުސޫލެއް، ގޯމަންއަށް ކޮމެޓީ އިން ދީފައެއް ނުވެއެވެ. ރަސްމިއްޔާތުގެ ތީމަކީ 'އެމެރިކާ ޔުނައިޓެޑް' އެވެ. ނޫސްތަކަށް ދީފައިވާ ބައެއް އިންޓަވިއު ތަކުގައި ގޯމަން ބުނީ ތީމު އެނގުމުން ލިޔަން ވަރަށް ފަސޭހަވެގެން ދިޔަކަމަށެވެ.
On a day for the history books, @TheAmandaGorman delivered a poem that more than met the moment. Young people like her are proof that "there is always light, if only we're brave enough to see it; if only we're brave enough to be it." pic.twitter.com/mbywtvjtEH
— Barack Obama (@BarackObama) January 20, 2021
ގޯމަން އަކީ އެމެރިކާގެ ރައީސަކު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ޅެން ހުށަހެޅި އެންމެ ޒުވާން ޅެންވެރިޔާއެވެ. ޕްރެޒިޑެންޝަލް އިނޯގްރޭޝަނެއްގައި މީގެ ކުރިން ރޮބަރޓް ފްރޮސްޓް، މިލަރ ވިލިއަމްސް، މާޔާ އެންޖެލޯ އެލިޒަބަތު އެލެކްޒެންޑަރ ފަދަ މަޝްހޫރު ޅެންވެރިން ޅެން ހުށަހަޅާފައިވެއެވެ. އެ ޅެންވެރިންނާ ޚިލާފަށް ގޯމަންޑާ އެ ޒިއްމާ ހަވާލުކުރިއިރު އެމެރިކާ އޮތީ ކޯވިޑްގެ ވަބާގެ އިތުރުން ސިޔާސީ ހަމަނުޖެހުމާއި ބައިބައިވުން އުފެދިފައި އޮތް ދަނޑިވަޅެއްގައެވެ.
ކެޕިޓޯލްގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ޅެން ހުށަހަޅަމުން ގޯމަން އޭނާގެ ފަސްމަންޒަރު ސިފަކޮށްދިނީ، 'އަޅުވެތިކަމުން މިނިވަންވެ، އެކަނިވެރި މަޔަކު ތަރުބިއްޔަތުކުރި، ކަޅު ނަސްލުގެ ހިކި އަނަރޫފަވެފައިވާ އަންހެން ކުއްޖެއް' ގެ ގޮތުގައެވެ. 'ކޮންމެވެސް ދުވަހަކުން އެމެރިކާގެ ރައީސަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ކުއްޖަކު އެފަދަ ރަސްމިއްޔާތެއްގައި ޅެން ހުށަހަޅަމުންދިޔަ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ޅެމުގައި އެމެރިކާއަށް ލިބިފައިވާ ގެއްލުމަށާއި ގައުމު މިހާރު އޮތް ނާޒުކު ހާލަތުގެ މައްޗަށް ވެސް އަލިއަޅުވާފައި ވެއެވެ.
ދެ ހަފްތާއެއްހައި ދުވަސް ކުރިން ޅެން ހަދަމުން ދިޔައިރު ގައުމީ އެއްބައިވަންތަކަމާއި ބެހޭ ގޮތުން ޅެން ހަދަން އޭނާއާ ހަވާލުކުރެފައިވާ ޒިއްމާ އެންމެ ރަނގަޅަށް އަދާނުކުރެވިދާނެތީ ފިކުރު ބޮޑުވެ، މަސައްކަތް ކުރިއަށް ނުގޮސްފައެވެ. ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ކުރީގެ ރައީސް ޓްރަމްޕަށް ތާއީދުކުރާ މީހުން ކޮންގްރެސްގެ ހޯލަށް ހަތިޔާރާއެކު ވަދެ ހަމަލާ ދިނެވެ. އެރޭ ހޭލާ އިނދެ، ޅެން ނިންމައިލީ ކެޕިޓޯލްގެ އެ ހާދިސާއާ ގުޅުވައިގެންނެވެ.
Poet Amanda Gorman tells CNN's @AndersonCooper that the Capitol riot inspired her to write a "message of hope, ingenuity and healing" https://t.co/sxWP52ZnPW pic.twitter.com/BGSqFXvngK
— Anderson Cooper 360° (@AC360) January 21, 2021
 
ގޯމަންގެ ހުށަހެޅުން ނިމުމާއެކު ޓުވިޓާގައި އޭނާއަށް ތައުރީފު އޮހެން ފެށިއެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާ އާއި ކުރީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން އާއި އޮޕްރާ ވިންފްރޭ އަދި ޔުނިވަރސިޓީ ތަކުގެ ޕްރޮފެސަރުންނާއި ޅެންވެރިން ވަނީ އަމަންޑާއަށް ތައުރީފުކޮށް ޓުވީޓުކޮށްފައެވެ. އޮބާމާގެ ޓުވީޓުގައި އަމަންޑާގެ ޅެމުން ބައިތެއް ހިމަނުއްވާފައިވެއެވެ. 2036' ވަނަ އަހަރު ރިޔާސީ ރޭހުގައި ވާދަކުރާނެ ކަމަށް ގޯމަން ބުނި' އެދުވަހަކަށް އިންތިޒާރުކުރާ ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވިއެވެ.
I have never been prouder to see another young woman rise! Brava Brava, @TheAmandaGorman! Maya Angelou is cheering—and so am I. pic.twitter.com/I5HLE0qbPs
— Oprah Winfrey (@Oprah) January 20, 2021
Wasn't @TheAmandaGorman’s poem just stunning? She's promised to run for president in 2036 and I for one can't wait. pic.twitter.com/rahEClc6k2
— Hillary Clinton (@HillaryClinton) January 20, 2021
އިނޯގްރޭޝަން ނިމިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގޯމަން ވަނީ އެމޭޒަންގެ މަގްބޫލު ލިސްޓުގެ އެއްވަނައިގައެވެ. އިނޯގްރޭޝަންގައި ޅެމެއް ހުށަހެޅުމުގެ އިތުރުން ވައިކިން ބުކްސް ފޯ ޔަންގް ރީޑަރސް އިން އޭނާގެ ޕޮއެޓްރީ ކަލެކްޝަން މިއަހަރުގެ ސެޕްޓެންބަރު މަހު ނެރޭއެވެ. މިފޮތުގެ ނަމަކީ ވެސް 'ދަ ހިލް ވީ ކްލައިމްބް' އެވެ. އަދި އޭނާގެ ފުރަތަމަ ތަސްވީރު ފޮތް 'ޗޭންޖް ސިންގްސް' ވެސް ދަ ހިލް ވީ ކްލައިމްބް އާ އެކު ނެރޭނެއެވެ. މީގެ އިތުރަށް ބުދަ ދުވަހު ހުށަހެޅި ޅެމުގެ ހާޑް ކަވަރ އެޑިޝަނެއްގެ 150، 000 ކޮޕީ މިއަހަރު ނެރޭނެ ކަމަށް ޕެންގުއިން ޔަންގް ރީޑަރސް އިން ވަނީ އިއުލާން ކޮށްފައެވެ.
I AM ON THE FLOOR MY BOOKS ARE #1 & #2 ON AMAZON AFTER 1 DAY! Thank you so much to everyone for supporting me and my words. As Yeats put it: "For words alone are certain good: Sing, then"
— Amanda Gorman (@TheAmandaGorman) January 20, 2021
ގޯމަންގެ ހިތުގައި ޅެންވެރިކަމަށް ޚާއްސަ ލޯތްބެއް އުފެދުނީ ވަރަށް ތުއްތު އިރުއެވެ. އަމަންޑާގެ މަންމަ މަސައްކަތްކުރަނީ ލޮސް އެންޖެލިސްގެ ސްކޫލުގައި މިޑްލް ސްކޫލު ޓީޗަރެއްގެ ގޮތުގައެވެ. ކުޑައިރު ކުޅެން އުޅެމުން އޭނާ ޖާނަލް ލިޔަން ފެށިއެވެ. އުމުރުން 16 އަހަރުގައި 'ޔޫތު ޕޮއެޓް އޮފް ލޮސް އެންޖެލިސް' ގެ ލަގަބު ލިބުނެވެ. އޭގެ އަހަރުތަކެއް ފަހުން، 2017ވަނަ އަހަރު ހާވަޑްގައި ސޯޝިއޮލޮޖީ ކިޔަވަމުން ދަނިކޮށް 'ނެޝެނަލް ޔޫތު ޕޮއެޓް ލޯރިއެޓް' އަކަށް ހޮވުނެވެ. އަދި އެ ޝަރަފު ފުރަތަމަ ލިބުނު ކުއްޖާއަށް ވިއެވެ.
You asked for it, so I'm delivering! You can now buy a special edition of my inaugural poem! I hope you cherish this print as much as the performance xo @penguinrandom https://t.co/OQC9YqQzD5
— Amanda Gorman (@TheAmandaGorman) January 22, 2021
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ