"ރައީސް ނަޝީދު ވެރިކަމުގައި އިސްރާއީލާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި"

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ ދިވެހިރާއްޖޭގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ކަމުގައި، ރައީސް ނަޝީދުގެ ސަރުކާރުގެ ޚާރިޖީވަޒީރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. އޭޝިޔާގެ އިސްލާމީ ޤައުމަކާއި އިސްރާއީލުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމުގައި މެދުއިރުމަތީގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރުމުން އެ ޤައުމަކީ ދިވެހިރާއްޖެތޯ ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫނު އުފެއްދެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީދު ވިދާޅުވީ ދިވެހިރާއްޖެއިން އިސްރާއީލު ދައުލަތެއްގެ ގޮތުގައި ބަލައިގަތީ 1966 ވަނަ އަހަރުގައި ކަމަށެވެ. Maldives recognised Israel in 1966. The Ambassador of Israel was the first to be received by the Sultan of Maldives after independence in 1965. Maldives never officially severed diplomatic ties with Israel. In 2010, the Maldives & Israel signed three agreements on cooperation.— Ahmed Shaheed (@ahmedshaheed) December 25, 2020އޭގެ އިތުރަށް ޝަހީދު ވިދާޅުވީ ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު ރާއްޖޭގެ ރަސްގެފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ސަފީރަކީ އިސްރާއީލުގެ ސަފީރު ކަމަށެވެ. އަދި ދިވެހިރާއްޖެއިން ރަސްމީ ގޮތެއްގައި އިސްރާއީލާ ސިޔާސީ ގުޅުން ކަނޑައިނުލާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޝަހީދު އިތުރަށް ވިދާޅުވީ އިސްރާއީލާއި ރާއްޖޭގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި 2010 ވަނަ އަހަރު ސޮއިކުރި ކަމުގައެވެ. އެއިރު ޚާރިޖީވަޒީރުގެ މަޤާމުގައި ހުންނެވީ ޝަހީދެވެ. ޝަހީދު އިތުރަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްރާއީލަށް ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ދެ ޑިޕްލޮމެޓުން 2011 ވަނަ އަހަރުގައި ޒިޔާރަތްކުރި ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ