ކޮވިޑުގައި 42 އަހަރުގެ އަހަރުގެ މީހަކު މަރުވެއްޖެ، މިއީ 15 ވަނަ މަރު

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 15 ވަނަ މީހާ އެވެ. އަދި ކޮވިޑްގައި ރާއްޖެއިން މަރުވި ދިވެހިންގެ ތެރެއިން އެންމެ ހަގު މީހާއެވެ.
އެޗްޕީއޭއިން ބުނީ އެމީހާ މަރުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.
Today afternoon at 12:25pm, a 42 years old Maldivian male admitted at DH11 has passed away.This is the 15th #COVID19 death in the Maldives.Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven— Health Protection Agency (@HPA_MV) July 16, 2020
ރާއްޖެއިން ކޮވިޑްގައި ފުރަތަމަ މީހަކު މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.
އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ. މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.
މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި 8 ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.
އޭގެ ފަހުން މިމަހުގެ 14 ވަނަ ދުވަހުވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ