ޔޫއޭއީން ރާއްޖެއަށް ސެނިޓައިޒް ކުރަން ބޭނުންކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި

ސެނިޓައިޒްކުރަން ބޭނުންކުރާ ދެ ޓްރަކް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މިއީ ކޮވިޑް19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީ އިން ފޯރުކޮށްދިން އެހީއެކެވެ.
މިތަކެތި ބޭނުންކުރަން ހަމަޖެހިފައި ވަނީ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރުމަށެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީއަށް ޝުކުރު އަދާކުރައްވާފަ އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މިތަކެތީގެ ސަބަބުން ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.
Twitter Embeded
ޔޫއޭއީ އިން މީގެ ކުރިން ވެސް ވަނީ ކޮވިޑް19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބައެއް ތަކެތި ހަދިޔާ ކޮށްފަ އެވެ. އެގޮތުން 72 ޓަނުގެ ބަރުދަން ހުރި މެޑިކަލް އިކުއިޕްމަންޓްގެ ޝިޕްމަންޓެއް މިދިޔަ ޖޫން މަހު އެގައުމުން ރާއްޖެއަށް ހަދިޔާ ކުރި އެވެ. އެތަކެތީގެ އަގަށް 5 މިލިއަން ޑޮލަރު އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ